ޕީޕީއެމްއާއި ޕީއެންސީއިން ކޯލިޝަނެއް ހަދައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގުޅިގެން ވާދަކުުރުމަށް، ޕީޕީއެމްއާއި ޕީއެންސީއިން ކޯލިޝަނެއް ހަދައިފިއެވެ.
މި ކޯލިޝަން ހެދިކަން އިއުލާންކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ، މިއީ މިހާތަަނަށް ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ސޮއިކުރެވޭ އެންމެ މުހިންމު އެއްބަސްވުންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަމިއްލަ އެދުން ދޫކޮށް ޕާޓީގެ ފިކުރުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމުގައެވެ.
މިރޭގެ ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ޕީޕީއެމްއާއި ކޯލިޝަން ހެދުމަށް ވާހަކަަދައްކަން އުނދަގޫވާނީ ހަަމައެކަނި އެމްޑީޕީއަށް ކަމަށް ފާހަގަކުރައްވާފައެވެ. އަދި ކުރީގެ ރައީސް މައުމޫންވެސް ޕާޓީ ރަޖިސްޓަރ ކުރައްވައިގެން ކޯލިޝަން ހެދުމަށް އަންނަންވީ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްެއާއި ޕީއެންސީގެ ކޯލިޝަނުން މަޖިލީހުގެ 63 ގޮނޑިއަކަށް ވާދަކުރާނެއެވެ.
-ތަފްސީލް އަންނަނީ-
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް