ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރީ އިންޑިޔާ ދެ އަންހެނުން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖެއަށް ދެކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ދެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޖެނިފަރ ޕައުލް (34އ) އާއި އުލްފަތު ރަސޫލް (23އ) އެވެ.
ފުލުހުން ބުނީ، އެޕްރީލް 1 ވަނަ ދުވަހު ހައްޔަރުކުރި މި ދެމީހުންނަކީ ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، އެއާޕޯޓުން އަތުލައިގަތް ތަކެތީގެ ބަރުދަނުގައި ޖުމްލަ 2174 ގްރާމް ހުއްޓެވެ. އަދި ތަހުލީލުތަކުން ދައްކާގޮތުގައި މިއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް