މާލޭގެ ބަސް ހުއްޓިތައް ހިޔާކުރަނީ
މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާ ބަސްތަކަށް އަރާ ފޭބުމަށް ބޭނުންކުރާ ބަސްހުއްޓިތައް ހިޔާކުރަން ފަށައިފިއެވެ.
މި ބަސްހުއްޓިތައް ހިޔާކުރުމުގެ މަސައްކަތްކުރަމުންދަނީ ބަހުގެ ޚިދުމަތް ފޯރުކޮށްދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުންވަނީ، މާލޭ ސަރަހައްދުގެ ބަހުގެ ހިދުމަތް އެމްޓީސީސީއާއި ހަވާލުކުރުމަށް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް