ިއިންތިޚާބަށް ދެމަސް ކުރިން ތައްޔާރުވާން ފަށައިފިން: ފުުލުހުން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް މީގެ ދެމަސް ދުވަސް ކުރިން ފެށިގެން ތައްޔާރުވާން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވި ބަޔާނެއްގައެވެ.
ސީޕީ ހަމީދު ވިދާޅުވީ މީގެ ދެމަސްކުރިން ފެށިގެން މަޖިލިސް އިންތިޚާބުގެ އޮޕަރޭޝަނަށް އިލެކްޝަންސްއާއި ގުޅިގެން ތައްޔާރުވާާން ފަށާފައިވާނެކަމަށާއި މި އިންތިޚާބަކީ ދިވެހި ރައްޔިތުންނަށް އަމާންއޮމާން މާހައުލެއްގައި ބޭއްވިގެންދާނެ އިންތިޚާބެއްކަން ކަށަވަރުކުރައްވާނެކަމަށެވެ.
އެގޮތުން ފުލުހުންގެ މުއައްސަސާއިން މި އޮޕަރޭޝަނަށް ޚާއްސަ ނަމެއް ދެވި ޓީމްތައް އެކުލަވާލައި، ތަމްރީންތައް ދެވުނުކަމަށް ހަމީދު ފާހަަގަކުރެއްވިއެވެ.
މި ބަޔާން ނިންމަވާލައްވަމުން ހަމީދު ވަނީ މި އިންތިޚާބަކީ އޮމާން އިންތިޚާބަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް