މަޖިލީހުގައި އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަންފަށައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި އިދިކޮޅު މެންބަރުން އިހުތިޖާޖުކުރަން ފަށައިފިއެވެ.
މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ވަނީ ރައީސް ޔާމީން ޖަލަށް ހުކުމްކޮށްފައިވަނީ ރައީސް ސޯލިހު، ޖުޑިޝަރީއަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އެހެންވެ ރައީސް ޔާމީން ވަގުތުން މިނިވަންކުރަންޖެހޭ ކަމަށް އިދިކޮޅު މެންބަރުންގެ އިހުތިޖާޖުގައި ގޮވައިލައްވާފައިވެއެވެ.
ރިޔާސަތުގެ ކުރިމަތީ ބޯޑު ހިފައިގެން ތިއްބަވައި މެންބަރުން ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީނަށް މިއަދު ދެމުންދާ އަނިޔާއަކީ ނުހައްގު އަނިޔާއެއް ކަމަށެވެ. ފަނޑިޔާރުންނަށް ރިޝްވަތުދީގެން ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވާކަމަށްވެސް އިދިކޮޅު މެންބަރުން ވިދާޅުވިއެވެ.
ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވައިފައެވެ. އަދި މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރާ ފަރާތްތައް ވަގުތުން ހުއްޓުވުމަށް ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ވަނީ ގޮވައިލައްވައިފައެވެ.
ކުރިޔަށް އޮތްތަނުގައި މާލީ ސެކިއުރިޓީ ވަރުގަދަކުރަންޖެހޭކަން ފާހަގަކުރައްވައި މެންބަރުން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި ވައްކަންތައް ކުރީ އެފަދަ ހަރުދަނާ ގާނޫނެއް ނެތުމުން ކަމަށެވެ.
ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ވަނީ މާލިއްޔާއިން ވައްކަންކުރި މީހަކު ފަސް އަހަރަށް ޖަލަށްލުމަށް ކުރި ހުކުމަކީ ވަރަށް ކުޑަ ހުކުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް