ހުޅުމާލޭގައި ގާއިމުކުރާ 400 ހައުސިން ޔުނިޓްގެ ފައިނޭންސް އެގްރިމެންޓްގައި ސޮއިކޮށްފި
ސައުދީ ފަންޑު ފޯ ޑިވޮލޮޕްމެންޓްގެ އެހީގެ ދަށުން ހުޅުމާލޭގައި ގާއިމުކުރާ 400 ހައުސިން ޔުނިޓްގެ ފައިނޭންސް އެގްރިމެންޓްގައި ސޮއިކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ޕުރޮޖެކްޓު މެނޭޖުމަންޓް ކޮންސަލްޓެންޓެއް ނެގުމާއިބެހޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.
ހައުސިން މިނިސްޓްރީން މިފަދައިން ބުނި ނަމަވެސް މި މަޝްރޫއުގެ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯއްދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި ފުށިދިއްގަރު ފަޅުގެ މަޝްރޫގެ އިތުރުން ގުޅީފަޅާއި ގިރާވަރު ފަޅު އިތުރަށް ހިއްކަން ޕްލޭން ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް