ޓެރަރިޒަމް ހުއްޓުވުމަށް ޖަޕާން ސަރުކާރުގެ ބޮޑު އެހީއެއް!
ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ޖަޕާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ބޮޑު އެހީއެއް ދިނުމަށް އެއްބަސްވެއްޖެއެވެ.
މިގޮތަށް އެއްބަސްވެފައިވަނީ ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުންނެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ޖަޕާން ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން 500,000,000 (ފަސް ސަތޭކަ) މިލިއަން ޖަޕަނީސް ޔެން ގެ ހިލޭ އެހީ ޖަޕާން ސަރުކާރުން ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު އެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ މިސް ކެއިކޮ ޔަނާއީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް