ފިހާރައެއްގެ ސޭޓަކަށް ކަޓަރުން ބިރުދައްކައި، ސިނގިރޭޓާއި ފައިސާ ފޭރިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ފިހާރައެއްގެ ސޭޓަކަށް ކަޓަރުން ބިރުދައްކައި އެތަނުން ސިނގިރޭޓާއި ފައިސާ ފޭރިއްޖެއެވެ.
ފުލުހުން ބުނީ، އިއްޔެ ހެނދުނު ގާތްގަނޑަކަށް 9:25 ކަންހާއިރު މާލޭ މާފަންނުގައި ހުންނަ ފިހާރައަކަށް ދެމީހަކު ވަދެ، އެތަނުގެ ސޭޓަކަށް އިން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރު ދައްކައި ފޭރުނު މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެމީހުން ފޭރުނު ތަކެތީގެ ތެރޭގައި ސިނގިރޭޓާއި، ފައިސާ އާއި އެހެނިހެން ތަކެތި ވެސް ހިމެނޭ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، މައްސަލަ އާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައިވާކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް