އެޗްޑީސީގެ ބޯޑަށް ބޭފުޅަކު އައްޔަނު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
ޕީސީބީން ބުނީ އެޗްޑީސީގެ ބޯޑަށް މ. ބްލޫނައިލް، އިބްރާހިމް ޠަޢާމު މުޙައްމަދު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. އޭނާ އަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.
ސަރުކާރުން ވަނީ އެޗްޑީސީގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބަދަލު ކުރައްވާފަ އެވެ. އަދި ބޯޑަށް ވެސް އާ ބޭފުޅުން އައްޔަނު ކުރައްވާފައިވެ އެވެ.
ޠަޢާމު އައްޔަނު ކުރެއްވީ ކުރީން ބޯޑްގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނުގޭ މުޙައްމަދު ވަޙީދު ވަކިކުރެއްވުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް