އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް މިނިސްޓަރ ޝާހިދު ޖިއްދާއަށް!
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފުރާވަޑައިގެންފިއެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާއަށް އެބޭފުޅާ ރޭ ފުރާވަޑައިގެންނެވީ އޯއައިސީގެ މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މެދުގައި އެކުލަވާލާފައިވާ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށެވެ.
މި ބައްދަލުވުމަކީ އިޒްރޭލުން ގަދަވެގެންފައިވާ ބިންތަކަކީ އެގައުމުގެ މިލްކަކަަށް ހަދާނެކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންހާޔޫ ވިދާޅުވުމާއި ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމަށް ފުރާވަޑައިގަންނަވަމުން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ދިވެހިން އަބަދުވެސް ފަލަސްތީނާއި އެގައުމުން މިނިވަންކަމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް