ގަދަވަޔާއި އެކު ކާރެއްގެ މައްޗަށް ގަހެއް ވެއްޓިއްޖެ
ގަދަވަޔާއި އެކު ހެންވޭރު ކަލާފާނު ސްކޫލުގައި ހުރި ގަހެއް ވެއްޓިއްޖެއެވެ.
މިއަދު ހަވީރު މި ގަސް ވެއްޓުނު އިރު އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް ޚަބަރު ލިބެއެވެ.
ނަމަވެސް އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޓެކްސީއަކަށް ވަނީ ގެއްލުންތަކެއް ވެފައެވެ. ސަބަބަކީ މި ގަސް ވެއްޓުނީ އެ ކާރުގެ މައްޗަށް ކަމަށް ވާތީއެވެ.
މި ގަސް ނެގުމުގެ މަަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް