ޔާމީން ޖަލުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ވަކީލުން ގަބޫލުކުރޭ: ސައީދު
ކުރީގެ ރައީސް ޔާމީން ޖަލުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު ވިދާޅުވެފައިވަނީ ހެކި ނައްތަލާނެ ކަމުގެ ތުހުމަތާއެކު ކުރީގެ ރައީސް ޔަމީން ޖަލުގައި ބެހެއްޓެވުން ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި ގާނޫނާއި ޚިލާފު ބަންދުން އެމަނިކުފާނު ވީއްލަންޖެހޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީންގެ ބަންދުކުރުމާއި ގުޅިގެން ޕީއެމާއި ޕީއެންސީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސްގެ ފަރާތުން ޕޮސިޓިވް ކޮމެންޓެއް ލިބިފައިވާކަމަށްވެސް ސައީދު ވިދާޅުވިއެވެ. އެގޮތުން ބައެއް މީޑިއާ ތަކަށް މައުލޫމަތު ދެއްވަމުން ސައީދު ވިދާޅުވީ ޖަވާބުދާރީ ވެވަޑައިގަތުމުގެ ފުރުސަތު ޔާމީނަށް ނުދެއްވާ އެމަނިކުފަނު ބަންދުކޮށް އަނިޔާ ދެމުންދަނީ ގާނުނާއި ޚިލާފަށް ކަމަށް ރައީސް ސާލިހަށް ދަންނަވާފައިވާކަމަށެވެ. އަދި އެމަސައްކަލަ ބައްލަވައި ޔާމީނަށް އިންސާފު ކަށަވަރުވާނެ ގޮތެއް ބައްލަވައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޔާމީނަށް ތުހުމަތުކުރާ މައްސަލަތަކުފައި ހެކި ނައްތާލާނެ ކަމަށް ބުނެ ބަންދުފައި ބެހެއްޓޭނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ގަބޫލުނުކުރާކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލައަކީ ޔާމީން ވެރިކަމުގައި ހުންނެވި އިރު ވެސް ތުހުމަތުތަކެއް އެޅުވި މައްސަލައެއް ކަމަށް ވީއިރު ހެކި ފޮރުވަން ބޭނުންވި ނަމަ އޭރު ކިތަންމެ ގޮތަކަށް އެކަން ކުރެއްވެން އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ޔާމީން އެފަދައިން ކަންތައްތައް ކުރައްވާފައި ނުވާކަމަށާއި، އެހެންކަމުން ރައީސް ޔާމީން ޖަލަށްލުމަކީ ގާނޫނީ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވަން ރިޝްވަތު ދޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ތުހުމަތުކޮށްފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް