މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ރުހުން ހޯދުމަށްޓަކައި ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް މަޖިލީހުގެ ރުހުން ހޯދުމަށް އެދި އެމަނިކުފާނު ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
އެގޮތުން ސިޓީގައި ހިމެނޭ ދެ ނަމަކީ މިހާރުވެސް އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއު އާއި ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ އެވެ. ރައީސްގެ ސިޓީގައި އިސްކަންދެއްވާފައިވަނީ ފާތިމަތު އަމީޒާ އަށެވެ.
ޑެޕިޔުޓީ ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެއްވުމަށް ނަމެއް ފޮނުއްވާފައި ވަނީ، މިވަގުތު އެ މަގާމުގައި ހުންނެވި ހއ. އިހަވަންދޫ، ވައިޖެހޭގެ، އަސްމާ ޝަފީއުގެ ދައުރު މިމަހުގެ 31 ވަނަ ދުވަހު ހަމަވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް