ވޯޓުލުމަކާއި ނުލާ ޕީއެންސީގެ ރައީސަކަށް އަދުރޭ!
ވޯޓުލުމަކާއި ނުލައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސްކަމުގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ އިންތިޚާބުވެ ވަޑައިގެންފިއެވެ.
އަދުރޭ އެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވީ މިއަދު މާލޭގެ ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގައި ކުރިއަށްދިޔަ އެޕާޓީގެ ކޮންގްރެސްގައެވެ. އަދުރޭ މިހާތަނަށް ހުންނެވީ އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައެވެ.
އެބޭފުޅާ ވޯޓުލުމަކާއި ނުލައި ޕާޓީގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވަނީ އެހެން އެއްވެސް ފަރާތަކުން އެމަގާމަށް ކުރިމަތި ލައްވާފައި ނުވާތީއެވެ.
މިއަދު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީއަށް ނައިބު ރައީސުންނާއި ކައުންސިލް އަދި އެހެން މަގާމުތަކަށް ވެސް ދާއިމީ ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް