އެމްޑީއެންގެ ރިޕޯޓާއި ދެކޮޅަށް ނެއްލައިދޫ ކައުންސިލްވެސް ތެދުވެއްޖެ
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓާއި ދެކޮޅަށް ހދ.ނެއްލައިދޫ ރަށު ކައުންސިލުން ބަޔާނެއް ނެރެފިއެވެ.
އެ ކައުންސިލްގެ މެންބަރުން ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާޢިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާ މެދު ސުވާލު އުފައްދާ، މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ އަބުރުފުޅާއި ކަރާމާތައް އިހާނެތިކޮށްހިތާފައިވާކަން އެމްޑީއެންގެ ރިޕޯޓްގައި ހިމަނާފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.
ވީމާ މިޢަމަލު ނެއްލައިދޫ ކައުންސިލުން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރާކަމަށް ވަނީ ބުނެފައެވެ.
އަދި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މިފަދަ ދަރަޖައަކަށް މިކަން ދިޔުމަކީ ނުހަނު ހިތާމަކޮށް ކަންބޮޑުވާކަމެއްކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް