ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މީހަކު ހައްޔަރުކޮށްފި
މިއަދު ކުރިއަށްދާ މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިލިންނެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ވިލިނގިލިން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ ހެނދުނު 10:11ގައެވެ.
އޭނާ ހައްޔަރުކޮށް ބަޔާން ނެގުމަށް ފަހު ދޫކޮށްލާނެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމަކީ އިންތިޚާބުގެ އާންމު ގަވާއިދުގެ ދަށުން މަނާކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް