ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވަނީ
ލޯކަލް ކައުންސިލްގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިއަދު އެ ކޮމިޝަންގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ އިންތިޚާބު، އަންނަ އަހަރުގެ އެޕްރީލްމަހުގެ ފުރަތަަމަ ހަފްތާގައި ބޭއްވުމަށް މަސައްކަަތް ކުރަމުން އަންނަ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވާލާނެކަމަށެވެ.
މިފަހަރުގެ އިންތިޚާބުގެ އިންތިޒާމްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ވޯޓު ފޮށިތަކުގެ އަދަދު އިތުރުކޮށް، ފޮއްޓަކަށް އެންމެ ގިނައިން ލެވޭނެ ވޯޓުގެ އަދަދަކީ 700 އަށް ހެދުމަށް މަޝްވަރާ ކުރަމުންދާކަަމަށް އީސީގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.
މި އިންތިޚާބުގައި ގިނަ އޮފިޝަލުންވެސް ހަރަކާތްތެރިވާނެ އިރު، މުޅި އިންތިޚާބަށް 65 އާއި 70 މިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް