3000 ހެލްމެޓް ހިލޭ ބަހައިފި
ޓްރާންސްޕޯޓް މިނިސްޓްރީއާއި ޔުނިސެފްއިން ގުޅިގެން 3000ހެލްމެޓް ހިލޭ ބަހައިފިއެވެ.
މި ހެލްމެޓްތައް ބަހާފައިވަނީ މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މިއަދު ކުރިއަށްގެންދިޔަ ޚާއްސަ ޕްރޮގްރާމްއެއްގެ ބައިވެރިންނަށެވެ.
މި ޕްރޮގްރާމްގެ މަގްސަދަކީ މަގުމަތީގައި ބޭނުންކުރާ ނިޝާންތަކާއި، މަގުމަތީގައި އަމްލުކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، ހެލްމެޓްގެ ސަބަބުން ލިބޭ ފަސޭހަތަކާއި ފައިދާތަކަށް އާންމުން ހޭލުންތެރި ކުރުވުމެވެ.
ދެގަޑިއިރުގެ މި ޕްރޮގްރާމްގެ އިތުރު ސެޝަންތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޖުމްލަ 5000 ހެލްމެޓް ބެހުމަށްވަނީ ހަމަޖެހިފައެވެ.
އޭގެ ތެރެއިން، މާލޭ ސަރަހައްދަށް ބެހުމަށް ހަމަޖައްސާފައިވަނީ 3000 ހެލްމެޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް