އެއް ރުފިޔާގެ ފައިސާފޮތި އަލުން ޖަހައިގެން ގެނެސްފި
ދިވެހިރާއްޖޭގައި ބޭނުންކުރާ އެއް ރުފިޔާގެ ފައިސާ ފޮތި އަލުން ޖަަހައިގެން ގެނެސްފިއެވެ.
މަރުކަޒީ ބޭންކް ކަމުގައިވާ އެމްއެމްއޭއިން ބުނީ އެއް ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން ގެނެސްފައިވަނީ ސްޓޮކް މަދުވުމުން ކަމަށެވެ.
މި ފައިސާ ފޮތިތައް ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައި ރާއްޖެ ގެނެސް ދައުލަތުގެ ހަޒާނާގައި ވަނީ ރައްކާކުރެވިފަ އެވެ.
ސްޓޮކް މަދުވުމުގެ ސަބަބުން މީގެ ކުރިންވެސް ފައިސާ ޖަހައިގެން ރާއްޖެއަށް ގެނެވިފައިވެއެވެ.
އެގޮތުން، މިދިޔަ ޖޫން 26 ވަނަ ދުވަހުގައިވެސް ވަނީ ދެ ރުފިޔާގެ ފައިސާ ފޮތި ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް