ގާސިމް ހޮއްވަވައިދެއްވުމަށް ޝައިޚް އިބްރާހިމް މުހައްމަދު އެދިއްޖެ
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، މާމިގިލީ ދާއިރާގެ މެންބަރކަމަށް ހޮއްވަވައިދެއްވުމަށް މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރައްވާ އަމިއްލަ ކެނޑިޑޭޓް މއ.ބާބުލްއަވާލީ، އައްޝައިޚް އިބްރާހިމް މުހައްމަދު އެދިއްޖެއެވެ.
ޝައިޚް އިބްރާހިމް މިހެން އެދިވަަޑައިގެންފައިވަނީ މިއަދު ނެރުއްވި ބަޔާނެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ގައުމު ހަލަބޮލި ވެފައިވާ ދަނޑިވަޅެއްގައި ގާސިމަށް ތާއިދުކުރުމަށް މާމިގިލީ ދާއިރާއާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ގޮވާލަން ޖެހުނީ ގާސިމަކީ ގައުމާާއި ދާާއިރާާގެ ކުދިބޮޑު ފަރާތްތަކަށް އަމިއްލަ ޖާނާއި މާލުން މިއަދާާއި ހަމައަށް އަގުމަގު ނުކުރެވޭފަދަ ހިދުމަތްތަކެއ ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ކޮށްދެއްވަމުންދާ ދިވެހި ލީޑަރަކަށް ވާތީކަމަށެވެ.
"އެހެންކަމުން އެކަން ލޮލުންބޮލުން ޝުކުރުވެރިކަމާ އެކީ ބަލައިގަތުމުގެ ގޮތުން އެ ޚިދުމަތްތަކަށް ހެޔޮބަދަލެއްގެ ގޮތުގައި ހަމައެކަނި އެކަށީގެންވާނީ ސައްތައިން ސައްތަ އަހުލަބިއްޔަތު ދެއްވުމެވެ"، އިބްރާހިމް ވިދާޅުވިއެވެ.
އަދި ގައުމިއްޔަތާއި ޚިލާފު ތުހުމަތުތަކެއް އޮތްކަމަށް ދޭހަވާ ވާދަވެރި ކެނޑިޑޭޓަކު ހުރިނަމަ އެފަރާތްތަކުންވެސް ޒާތީ ތައައްސުބު ދޫކޮށް ގާސިމަށް ތާއިދު ކުރުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް