ޓެކްނިކަލް މައްސަލައެއް ދިމާވެ، އާސަންދައަށް ބުރޫއަރަނީ
ދިމާވި ޓެކްނިކަލް މައްސަލަތަކަކާއި ގުޅިގެން ހުސްނުވާ އާސަންދައިގެ ހިދުމަތަށް ބުރޫއަރަމުންދާކަމަށް އާސަންދައިން ބުނެފިއެވެ.
މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން އާސަންދަ ކުންފުނީގެ މީޑިޔާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަަލައަކާއި ގުޅިގެން ހުސްނުވާ އާސަންދައިގެ ޚިދުމަތް ދިނުމުގައި މައްސަލަތަކެއް ދިމާވާތީ އާންމުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމުގައެވެ.
އަދި އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާކަމަށް އާޝިޔާ ވަނީ ފާހަގަކުރައްވާފައެެވެ.
މިފަދަ ކަންކަން ތަކުރާރުނުވުމަށް އާސަންދަ ކުންފުނިން އެޅެން ހުރި ހުރިހާ ފިޔަަވަޅެއް އަޅާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް