ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި އަލީ ޝާހު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގް މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަޝްހޫރު ގާނޫނީ ވަކީލު އަލީ ޝާހު ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ.
އެގޮތުން އަލީ ޝާހު މިހާރު ކުރިއަށްދާ ޝަރީއަތުގައިވެސް ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެެވެ.
އަލްއުސްތާޛު އަލީ ޝާހަކީ މީގެ ކުރިންވެސް ޖިނާއީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ މަޝްހޫރު ވަކީލެކެވެ.
2017ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސްއެޅި ކަމަށްބުނެ ޝާހު ވަނީ ހައްޔަރުކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް