ރޮބޯމޭން ޕޯސްޓަރ
ރޮބޯމޭން ޕޯސްޓަރ
ހަބަރު 03 Oct 2024 | 09:23

ރޮބޯމޭންގެ ފަހުދެ ޝޯ، މާދަމާ އާއި އޭގެ އަނެއްދުވަހު

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އޮލިމްޕަހުގައި މިހާރު ދައްކަމުންދާ މަޝްހޫރު ކެރެކްޓަރ "ރޮބޯމޭން" ގެ އެންމެ ފަހު ދެ ޝޯ، މާދަމާ އާއި އޭގެ އަނެއްދުވަހު ދެއްކުމަށް ނިންމައިފިއެވެ.

ރޮބޯމޭން ޓީމުން ބުނީ، ފިލްމުގެ އެންމެ ފަހު ދެ ޝޯ ދެއްކުމަށް ނިންމާފައިވަނީ އޮކްޓޯބަރުމަހުގެ 4 އަދި 5 ވަނަ ދުވަހު ކަމަށެވެ. މި ދެ ޝޯގެ ޓިކެޓް މިހާރު އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ލިބެން ހުންނާނެއެވެ. ރޮބޯމޭން ފިލްމަށް ބެލުންތެރިންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް މިހާތަނަށް ލިބިފައިވާކަމަށް ރޮބޯމޭން ޓީމުން ބުނެއެވެ.

"ރޮބޯމޭން – ދަ މޫވީ" ވެގެންދާނީ މިހާތަނަށް އެންމެގިނަ ކުޑަކުދިންގެ ބައިވެރިވުމާއެކު ހެދި ފިލްމަށެވެ. މި ފިލްމު ގެނެސްދީފައިވަނީ "ދަ ރޮބޯ ޖޫނިއާ ޗެލެންޖު" ކުޑަކުދިންގެ ޑާންސް މުބާރާތެއްގެ ތެރެއިން ކުރިމަތިވާ އެކި ކަހަލަ ކަންތައްތަކެވެ.

ރޮބޯމޭން ޕޯސްޓަރ

ދިވެހި ސިނަމާއަށް އަންނަން ހުރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އިންތިޒާރުކުރި ރޮބޯމޭން އޮލިމްޕަހުގައި ޕްރިމިއާ ކޮށްފައިވަނީ، މިދިޔަ ސެޕްޓެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ. ބެލުންތެރިގެ ފަރާތުން ފިލްމަށް ލިބުނު ތަރުހީބާއެކު އެންމެފަހުން އެދުވަސް ކުރިއަށްގެންގޮސްފައިވަނީ ޕްރިމިއާ ޑޭގެ ގޮތުގައެވެ.

ސްކޫލްތަކުގެ މިޑްޓާމް ބަންދާ ދިމާކޮށް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހުގެ 14:00 އަދި 16:00 ގައި އޮލިމްޕަހުގައި ރޮބޯމޭން ދައްކަމުން އައިސްފައިވާއިރު، މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.

ރޮބޯމޭން – ދަ މޫވީ" މި ފިލްމު ވެގެންގޮސްފައިވަނީ އާއިލާގެ އެންމެން އެއްތަނަކު ތިބެގެން ބަލާލެވޭ ފަދަ ފިލްމަކަށެވެ. މި ފިލްމު ހާއްސަ ވެގެންދިޔަ އެއް ސަބަބަކީވެސް މިއެވެ. ކުދިވެރިންނާއެކު އެއްތަނަކު ތިބެ، ބަލާލަންކެރޭފަދަ ދިވެހި ފިލްމެއް މިފަހުން ދިވެހި ސިނަމާއަށް އައިދުވަސް ހަނދާނެއް ނެތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...