ކުލަޖެހުމުގެ ތެރޭގައި ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ
ތ.ވޭމަންޑޫގައި އީދު ކުލަޖެހުމުގެ ތެރޭގައި 19އަހަރުގެ އަންހެންކުއްޖަކާއި އެކު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 14:50 ހާއިރު ތ.ވޭމަންޑޫގައި އަޟްހާ އީދުގެ މުނާސަބަތުގައި ކުލަޖެހުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް 31އަހަރުގެ ފިރިހެނެއް، 19އަހަރުގެ އަންހެންކުއްޖަކާއި މެދު ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނުކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަަމަށެވެ.
އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި މައްސަލައިގައި ހިމެނޭ 31އަހަރުގެ ފިރިހެނަކީ އެމްއެންޑީއެފްގައި ސާޖެންޓެއްގެ މަގާމު އަދާކުރަމުންދާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް