އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މާރިޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ވޯޓްލުން ކުރިއަށްދާ ދުވަހު ވޯޓްލާ މަރުކަޒުތަކުގައާއި އެއްވެސް ރަށެއްގައި ހާދިސާއެއް ހިނގައިފިނަމަ އިލެކްޝަން ކޮމިޝަނާއި ރައްޔިތުން ގުޅިގެން އެއްވެސް ފަރާތެއްގެ ޙައްޤުނުގެއްލޭނެހެން އެތަނެއްގައި އަމާންކަން ގާއިމްކުރެވިދާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި ނުރައްކާތެރި ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންގެ މުދަލާއި ގެދޮރު ސަލާމަތްކުރާނެ ގޮތްތަކާއި ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ ގޮތްތައް ބުނެދެވި ފަރިތަކުރުންތައް ކުރިއަށް ގެންދެވިފައިވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ
މި ތަމްރީނު ކްލާސްތަކުގައިި ކިޔަވާދެއްވީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ކަމުގެ ތަޖުރިބާ ލިބިފައިވާ މުދައްރިބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް