އައު ޓާމިނަލް ކައިރިން ދުއްވާފައި ދިޔަ ކާރެއް އަރިއަޅާލައި އެކްސިޑެންޓެއް ހިނގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ އައު ޓާމިނަލް ކައިރިން، އަލަށް ހުޅުވި މަގުން ދުއްވާފައި ދިޔަ ކާރެއް އަރިއަޅާލައި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ ރޭ 23:45 ހާއިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، އެކްސިޑެންޓް ހިނގާފައިވަނީ އަލަށް ހުޅުވި މަގުން ދުއްވާފައި ދިޔަ ކާރެއް، ކުރިން ބޭނުންކުރަމުން ދިޔަ މަގަށް އަރިއަޅާލައިގެންނެވެ.
މި ހާދިސާ ހިނގި ވަގުތު ކާރުގައި ހަތަރު މީހުން ތިބި ކަމަށާ، ނަމަވެސް އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް