ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހެއް ހައްޔަރުކޮށް، އޭނާގެ ސައިކަލު ޓޯ ކޮށްފި
ފުލުހުންގެ އަމުރަށް ނުކިމަންތެރިވި މީހަކު ހައްޔަރުކޮށް، އޭނާގެ ސައިކަލު ޓޯ ކޮށްފިއެވެ.
ފުލުހުން ބުނީ، އެމީހާ ހައްޔަރުކޮށްފައިވަނީ ރޭ 1:20 ހާއިރު، ރަސްފަންނު ކައިރިން ބާރު ސްޕީޑެއްގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން ވީސީޕީ އިން މަޑުކުރަން އިޝާރާތްކުރުމުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ދާން އުޅުމުން ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ، މއ.ހިތްތަލަވިލާ، އާދަމް ޒިދާން (23އ.) އެވެ.
މި މައްސަލައިގައި ޒިދާން ދުއްވި ސައިކަލު ޓޯ ކޮށްފައިވާއިރު، ފުލުހުން ބުނިގޮތުގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސައިކަލު މަޑުނުކޮށް ދާންއުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ވަނީ ޖެހިފައެވެ.
މި މައްސަލައާއި ގުޅިގެން ޒިދާން ގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް