ސްޓެލްކޯ ސަބްސަޓޭޝަނެއްގެ ކޭބަލްތައް ބުރިކޮށް ވަގަށް ނަގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ކޭބަލްތައް ބުރިކޮށް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:12 ގައި މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަޙުޤީޤުކުރަމުންދާއިރު މީގެ ކުރިންވެސް ތަކުރާރުކޮށް މިފަދަ މައްސަލަތައް ފެންމަތުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ކޭބަލްތަކަކީ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިންމު ތަކެތި ކަމަށްވާތީ، މިފަދަ ޢަމަލުތަކުން ކަރަންޓު ޚިދުމަތަށް ބުރޫއަރައި، އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް