ނެއްލައިދޫގައި ކަރަންްޓް ނެތި މަގުމަތީގައި ކުދިން ނިންދަވަނީ
ނެއްލައިދޫން މިރޭ ކަރަންޓް ގޮސް، ރަށުގެ ބައެއް ކުޑަކުދިން މަގުމަތީގައި ނިންދަވައިފިއެވެ.
އެރަށުގެ ކަރަންޓްގެ ހާލަތަށް ހައްލެއް ނުލިބި ދެމަަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިރޭ އަށެއް ޖަހާކަށް ހާއިރު އެރަށުން ކަރަންޓް ކެނޑުނު ގޮތަށް އަދިވެސް ކަރަންޓް ނުލިބޭކަމަށް މައުލޫމާތު ލިބެއެވެ.
މިކަމުގެ ސަބަބުން މުޅި ރަށަށް އަނދިރިކަން ފެތުރިފައިވާއިރު ރަށުގެ ގިނަ ރައްޔިތުން ތިބީ މަގުމައްޗަށް ނުކުމެއެވެ. އެގޮތުން ބައެއް ގޭގޭ ދޮރުމަތީގައި ކުނަލާއި ފަންގަނޑު އަތުރައިގެން ކުދިން ނިންދަވާ މަންޒަރުތައް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
ނެއްލައިދޫގެ ކަރަންޓްގެ މައްސަލަ އަށް ހައްލެއް ހޯދުމަށް މިއަދު ހެނދުނުން ފެށިގެން ނެއްލައިދޫ ރައްޔިތުންވަނީ ސުލްހަވެރި މުޒާހަރާއެއް ކޮށްފައެވެ. މި މުޒާހަރާ ނިންމާލާފައިވަނީ ރައީސުލް ޖުމްޙޫރިއްޔާ ނެެއްލައިދޫ ކައުންސިލަށް ގުޅުއްވާފައި މައްސަލަ ހައްލު ކޮށްދޭނޭ ކަމުގެ ފެހި ސިގްނަލް ދެއްވުމުންނެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް