މިފްކޯގެ ޑެޕިއުޓީ ސީއީއޯކަމަށް އާޝާން ހަމަޖައްސައިިފި
މިފްކޯގެ ޑެޕިއުޓީ ސީއީއޯކަމުގެ މަގާމަށް އެސްޓީއޯގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ފާތިމަތު އާޝާން ހަމަޖައްސަވައިފިއެވެ.
އެސްޓީއޯގެ ސީނިޔާ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުގައި ހުންނެވި އާޝާން މިފްކޯގެ ޑެޕިއުޓީ ސީއީއޯއަށް އައްޔަންކުރިކަން އެސްޓީއޯގެ ފަރާތުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މީގެ އިތުރުންވެސް އެސްޓީއޯގެ އެތެރޭގެ ހިންގުމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ.
އެގޮތުން އެކުންފުނީގެ ބައެއް އިސްވެރިން ވަނީ މަގާމުން ވަކިކޮށްފައެވެ.
ވަޒީފާ އިން ވަކިކޮށްފައި ވަނީ ޕްރޮކިޔުމެންޓް އެންޑް އެސެންޝިއަލް ގުޑްސް ޑިޕާޓްމެންޓުގެ ވެރިޔަކަށް ހުންނެވި ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު އާއި ސްޓޭޕްލް ފުޑްސް އެންޑް އެނާޖީ ޑިޕާޓްމެންޓްގެ ވެރިޔަކަށް ހުންނެވި ރަމްޒީ އަބޫބަކުރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް