އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ހަބީބު އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އިސްމާއިލް ހަބީބު އައްޔަންކޮށްފިއެވެ.
މީގެ ކުރިން ވެސް ކޮމިޝަނުގެ މެންބަރު ކަމުގައި ހުންނެވި ހަބީބު އިތުރު ދައުރަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ފާއިތުވި ހަފްތާގެ ތެރޭގައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރައްވާ އޭނާއަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އިލެކްޝަންސްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހަބީބުގެ އިތުރުން 16 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ބޭފުޅާގެ ގޮތުގައި ހަބީބުގެ ނަން މަޖިލީހަށް ފޮނުވުމުން އޭނާ އަށް ރުހުންދިނީ މަޖިލީހުގެ ޖަލްސާގައި އޭރު ހާޒިރުވެ ތިއްބެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް