އަލިފުށިން ފުރި ބޯޓެއްގައި ހުރި މާބަނޑު އަންހެނަކަށް ސިފައިން އެހީތެރިވެއްޖެ
ރ.އަލިފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެއްގައި ހުރި މާބަނޑު އަންހެނަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން ބުނީ ރ.އަލިފުށިން ފުރައިގެން މާާލެއަށް ދަތުރުކުރަމުން ދިޔަ ފޯސީ ނަމަކަށްކިޔާ ބޯޓުން ދަތުުރުކުރި 29އަހަރުގެ މާބަނޑު މީހެއް ކުއްލިގޮތަކަށް ސިއްހީ ހާލަތު ދެރަވިކަމަށެވެ.
މިއާއިއެކު، އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ އެހީތެރިކަމާއި އެކު ސީ އެންބިއުލާންސެއްގައި އެ އަންހެންމީހާ ވަނީ މާލެއަށް ގެނެވިފައެވެ.
އޭނާ ސީ އެންބިއުލާންސަށް ބަދަލުކުރެވިފައިވަނީ ކާށިދޫގެ ހުޅަނގުން ބާރަ ނޯޓިކަލް މޭލުގައި ބޯޓު އޮއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް