މަޖިލީހަށް ބިއްލޫރި ފުޅީގައި ބޯފެން ދޭނެ ފަރާތެއް ހޯދަނީ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބިއްލޫރި ފުޅީގައި ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މިއިދާރާއަށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ބިއްލޫރިފުޅީގައި ބޯފެން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މަޖިލީހުގެ އިދާރާާއިން ކުރި އިއުލާނުގައި ވަނީ އެދިފައެވެ.
މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުމަށް ވަނީ އެދިފައެވެ.
މިކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަތީގައި ބުނެފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މަޖިލީހުގެ އިދާާާާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށްކަަމަށް މަޖިލީހުން ބުނެއެވެ.
މަޖިލީހަކީ ޕްލާސްޓިކުން ދުރު ތަނަކަށް ހެދުމަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން ފެށިފައިވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް