މާލޭގެ މިސްކިތެއްގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ނިޔާާވެފައި އޮއްވާ ފެނިއްޖެ
މާލޭގެ މިސްކިތެއްގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މިކަން ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ މިއަދު 11:12ހާއިރު ލޮނުޒިޔާރަތްމަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގެ ތެރެއަށް 83އަަހަރުގެ ދިވެހި ފިރިހެނަކު ވެއްޓިފައި އޮއްވާ ފުލުހުން އޭނާ ނަގައި އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ހޮސްޕިޓަލަށް އޭނާ ގެންދެވުނު އިރުގައިވެސް އޮތީ ނިޔާވެފައިކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް