އާންމު ސިއްހަތާއި މެދު ވަނީ އިހުމާލުވެފައި: އަމީން
އާންމު ސިއްހަތާއި ގުޅޭ ކަންކަމާއި މެދު އިހުމާލުވެފައިވާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ފެށި އާންމު ސިއްހަތުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ދިވެހިރާއްޖޭގެ އާންމު ސިއްހަތާއި މެދު އިހުމާލުވެފައިވާ ކަމަށާއި އެއީ އެނގިތިބެ ނުވަތަ ނޭނގިތިބުމުގެ ތެރޭގައިކަމަށްވެސް ވެދާނެކަމަށެވެ. އަދި އާންމު ސިއްހަތުގެ ކަންތައްތައް އަލުން ބައްޓަން ކުރުން މާބޮޑަށް ވެސް ލަސްވެފައިވާކަމަށް އަމީން ވިދާޅުވިއެވެ.
އަދި މިފަދަ މަހާސިންތާއެއްގެ ބޭނުމަކީ އެފަދަ ސިއްހީ މައްސަލަތައް ދެނެގަނެ އެފަދަ މައްސަލަތަކަށް ހައްލުކުރުންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރާއްޖޭގެ އާންމު ސިއްހަތުގެ ނިޒާމުގައި މައްސަލަތަކެއް ހުރިކަމަށެވެ. އެގޮތުން ފާހަގަވާ އެއްކަމަކީ ރާއްޖޭގައި ސިއްހަތަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން ދިޔަ ނަމަވެސް އެކަމުގެ އަސަރު ނުފެނުންކަަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް