މާދަމާރޭ މާފަންނު ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާރޭ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސްގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވާގޮތުން މާފަންނުގައި ދިރިއުޅުއްވާ ރައްޔިތުންނާ ރައީސް ބައްދަލުކޮށްލެއްވުމަށް ބޭއްވޭ ބައްދަލުވުން 2025 ޑިސެމްބަރު 4 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30 ގައި ތާޖުއްދީން ސްކޫލްގައި އޮންނާނެއެވެ.
މި ބައްދަލުވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމުކެވެ.
އެހެންކަމުން ހީނާ ވަނީމަފަންނުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް