އައިޔޫއެމް އަދި އެމްއެންޔޫއަށް ޗާންސެލަރުން އައްޔަންކޮށްފި
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއަށް ޗާންސެލަރުން އައްޔަންކޮށްފިއެވެ.
މި މަގާމުތަކަށް އައްޔަންކުރި ފަރާތްތަަކަށް ފަތްކޮޅު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ރަަސްމިއްޔާތެއް ބާއްވާފައެވެ.
އެގޮތުން އެމްއެންޔޫ ގެ ޗާންސެލަރު ކަމަށް ޑރ. ހަސަން ހަމީދު އައްޔަންކުރިއިރު މޯލްޑިވްސް އައިޔޫއެމްގެ ޗާންސެލަރު ކަމަށް އައްޔަންކުރީ ޑރ. މުހައްމަދު ޒާހިރު ހުސެއިނެވެ. މި ދެ ބޭފުޅުންނަކީވެސް މީގެ ކުރިން އެތަންތަނުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ފަރާތްތަކެކެވެ.
ޑރ.މުހައްމަދު ޒާހިރު ހުސައިނަކީ މީގެ ކުރިން ނެރެވުނު ހަވީރު ނޫހުގެ މަސްއޫލުވެރިޔާއެވެ. އެބޭފުޅާ ވަނީ ކުރީގެ ރައީސް މައުމޫންގެ ސަރުކާާރުގެ އިސް މަގާމުތަކެއް ފުރުއްވައި، ރައީސް ޔާމީންގެ ވެރިކަމުގައި އައިޔޫއެމްގެ ޗާާންސެލަރކަންވެސް ދުވަސްކޮޅެއް ވަންދެން ކުރައްވާފައެވެ.
ޑރ.ހަސަން ހަމީދު ވަނީ މީގެ ކުރިން އެމްއެންޔޫގެ ވައިސް ޗާންސެލަރކަން އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް