ހާލު ދެރަވެ ޑައިރެކްޓަރު އަމްޖޭއަށް ފަރުވާ ދެނީ
ދިވެހި ސިނަމާ ދުށް އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ ހާލު ދެރަވެ ފަަރުވާ ދޭން ފަށައިފި އެވެ.
އަމްޖޭގެ ގާތް މީހަކު ވޮއިސްއަށް ބުނި ގޮތުގައި އެތެރެހަށީގެ ސީރިއަސް މައްސަލައަކަށް އަމްޖޭ ދަނީ ފަރުވާ ހޯދަމުންނެވެ. މިވަގުތު އޮތީ ޓްރީޓޮޕް ހޮސްޕިޓަލްގެ ސީސީޔޫގަ އެވެ.
އާއިލާއާ ހަވާލާދީ އޭނާ ވަނީ ހުރިހާ އެންމެންވެސް އަމްޖޭއަށް ހެޔޮ ދުއާކޮށް ދިނުމަށް އެދިފަ އެވެ.
އަމްޖޭ އަކީ ވަރަށް ގިނަ ފިލްމުތައް ޑައިރެކްޓް ކުރި ދިވެހި ސިނާމާގެ އެންމެ މަގުބޫލު އެއް ޑައިރެކްޓަރެވެ. މިހާތަނަށް 50 ވުރެ ގިނަ ފިލްމު ޑައިރެކްޓް ކޮށްފައިވެ އެވެ. ވަރަށް ގިނަ ފިލްމީ ތަރީން ދާއިރާއަށް ނެރެދިން އަމްޖޭ އަކީ މެދުނުކެނޑި މި ދާއިރާގައި އެންމެ ގިނަ ދުވަހު ހިދުމަތްކުރި ޑައިރެކްޓަރު ވެސް މެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް