ޖަލްސާ ރޫޅާލަން އިންޒާރުދިން ކަމަށް ބުނާ ވާހަކަ އުމަރު ދޮގުކޮށްފި
"19 ޝަހީދުންގެ ހަނދާނެއް ނުނެތޭ" މިނަމުގައި މިރޭ ބާއްވަން ނިންމި ޖަލްސާ ފުލުހުން ރޫޅައިލާނެ ކަމުގެ އިންޒާރު ދިން ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މައުލޫމާތު ދެއްވަމުން އުމަރު ދާދި ދެންމެ ވިދާޅުވީ މިރޭ 9:00 ގައި ސަލްސާ ރޯޔަލްގައި ބޭއްވުމަށް ނިންމި ޖަލްސާ ކަނޑައަޅާފައިވާ ގަޑިއަށް ފަށާނެ ކަމަށެވެ.
އުމަރު ވިދާޅުވި ގޮތުގައި ފުލުހުންގެ ފަރާތުން އެކަހަލަ އެއްވެސް އިޝާރާތެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން އެފަދަ ވާހަކަތައް ދައްކަނީ ކަންކަމަށް ހަޖަމް ނުވާ މީހުން ކަމަށް ވިދާޅުވިއެވެ.
"19 ޝަހީދުންގެ ހަނދާނެއް ނުނެތޭ" މިނަމުގައި އުމަރު ޖަލްސާއެއް ބާއްވަން ނިންމީ ރައްޔިތުން ކުރި ބުރަ މަސައްކަތުން ލަންކާގައި ފިލައިގެން އުޅުނު ބާޣީ ލުތުފީ ރާއްޖެ ގެނައުމާއި ގުޅިގެން އެކަން ފާހަގަކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް