ޓެނިސް ކޯޓު ފަހަތުގައި ހުރި މުދާތަކެއްގައި ރޯވެއްޖެ
މާފަންނު ޓެނިސް ކޯޓުގެ ފަހަތުގައި ހުރި މުދާތަކެއްގައި ރޯވެއްޖެއެވެ.
މި ހާދިސާ ސިފައިންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު އިރުއޮއްސި 18:57ހާއިރުގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއި އެކު ސިފައިންގެ ފަޔަރ އެންޑް ރެސްކިއު އިން ވަނީ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފަށާފައެވެ.
މި ހާދިސާގައި ރޯވި އަލިފާންގަނޑުގެ ބޮޑުބައި ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
އަލިފާން ރޯވެފައިވަނީ ކޮންކަހަލަ މުދާތަކެއްގައިކަން ސާފުވާގޮތް ވަނީ ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް