މާފުށީ ޖަލުން ފިލި މީހަކު އަތުލައިގެންފި
މާފުށީ ޖަލުން ރޭގެ ވަގުތެއްގައި ފިލި މީހަކު ހައްޔަރުކޮށްފިއެވެ.
ކަރެކްޝަންސްއިން ބުނީ ރޭ ދަންވަރު މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުން ގައިދީއެއް ފިލުމުން އޭނާ ހޯދާ، ހެނދުނު 06:55ގައި މާފުށީ ޖަލަށް އަނބުރާ ގެންދެވުނު ކަމަށެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ އަތުލައިގަތީ ކަނޑުމަތިންނެވެ.
ކަރެކްޝަންސްއިން ބުނީ މިކުރި މަސައްކަތުގައި ފުލުހުންނާއި މާފުށީގެ ރައްޔިތުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް