ހުޅުމާލެގައި އެއްޗެއް ގޮއްވާލައިފި
ހުޅުމާލެއިން ފުޅިއެއް ގޮއްވާލުމާއެކު ފުލުހުން މި މައްސަލަ ބަލަންފަށައިފިއެވެ.
ފުލުހުންގެ މައުލޫމާތު ދެއްވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 10:30 ހާއިރު ހުޅުމާލެ 16 ނަންބަރު ފްލެޓާއި 18 ނަންބަރު ފްލެޓު ސަަރަހައްދުގައެވެ.
މިފުޅި ގޮއްވާލާފައިވަނީ ކުޑަ ފުޅިއަކަށް ސާފު ލިކުއިޑް އަޅައިގެން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވެއެވެ.
ފުލުހުން އަންނަނީ މިމައްސަލަ އިތުުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް