މައްކާގައި ބާއްވާ ޤުރުއާން މުބާރާތުގައި ރާއްޖެއިން ބައިވެރިވާ 2 ދަރިވަރުން ފުރައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މި މަހުގައި މައްކާގައި ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ރާއްޖެއިން ބައިވެރިވާ 2 ދަރިވަރުން ސައޫދީ ޢަރަބިއްޔާއަށް ދިއުމަށް އިއްޔެ ފުރައިފިއެވެ.
2024 އޮގަސްޓް 9 އިން 21 އަށް މައްކާގައި ބާއްވަން ހަމަޖެހިފައިވާ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން (44 ވަނަ ސެޝަން) ގައި ރާއްޖެއިން ބައިވެރިވާ 2 ދަރިވަރުންނަކީ ޝަޢަފް ޙާމިދު އިބްރާހިމް (މަލާޒް/ޅ.ނައިފަރު) އާއި އަރީކް މުޙައްމަދު ޙާމިދު (ކެކުރިގެ/އައްޑޫ ސިޓީ, ހިތަދޫ) އެވެ.

ޝަޢަފްއަކީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް 8 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެކެވެ.
އަދި އަރީކްއަކީ އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ޙިރާ ސްކޫލުގެ ގްރޭޑް 9 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް