މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހަ ކުންފުންޏަކަށް ދީފި
މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހަ ކުންފުންޏަަކަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މި ފަރާތްތަކުގެ ނަންތައް އިއުލާންކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެއީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް، މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް، އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
މި ފަސް ކުންފުންޏަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި ވަނީ ޕްރޮޕޯސަލް ހުށައެޅި ކުންފުނިތަކުގެ ޕްރޮޕޯސަލްތައް ފަސް މެންބަރުންގެ ކޮމިޓީއަކުން ދިރާސާކުރުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވާ 1000 ހައްޖު ކޯޓާގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ވެސް 90 ކޯޓާ ވަނީ ދީފައެވެ. އަދި ހައްޖު ކޯޕަރޭޝަނަށް 550 ކޯޓާ ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް