ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުން އަލީ އުމަރު ވަކިކޮށްފި
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުން އަލީ އުމަރު ވަކިކޮށްފިއެވެ.
މިކަން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަޚުލޫފް ވަނީ ޓްވިޓަރ މެދުވެެރިކޮށް ޔަގީންކޮށްދެއްވާފައެވެ.
މި ޓްވީޓްގެ ރައްދުގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރު ވަނީ މަގާމުން ވަކިކުރުމުން، ޓްވީޓެއްގެ ބަދަލުގައި ރަސްމީ ސިޓީއެއް އަންނާނެކަމަށް އުއްމީދުކުރެއްވިކަމަށް ވިދާޅުވެފައެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު ނަޝީދު (ޑޭވް) އެވެ. އޭނާ ވަނީ 2017 ވަަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ މަޤާމުން އިސްތިއުފާ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް