އެއާޕޯޓް ފެރީ މީގެފަހުން ފުރާނީ ހުޅުމާލެ ފެރީ ޓާމިނަލުން
އެއާޕޯޓް ފެރީ ފުރާއިރު ބޭނުންކުރާ ގިމަތައެއްގެ ގޮތުގައި ހުޅުމާލޭ ފެރީ ޓާމިނަލް ބޭނުންކުރަން ނިންމައިފިއެވެ.
މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފެރީގެ ހިދުމަތްދޭ، ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނުން ބުނީ ރެއިން ފެށިގެން ގެނައި މި ބަދަލާއެކު ހުޅުލެއަށްދާ ފެރީތައް ފުރާނީ ހުޅުމާލެ އަށް ދާން ފެރީތައް ފުރާ ޓާމިނަލުން ކަމަށެވެ.
މީގެ ކުރިން ހުޅުލެ ފެރީތައް ފުރަނީ ކުރީގެ ނަސަންދުރަ ކުރިމަތިންނެވެ. އެގޮތަށް އަމަލުކުރުމުގެ ސަބަބުން ބައެއްފަހަރަށް އެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވެ، އުނދަގޫތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސިނަމާލެ ބްރިޖް ހުޅުވުމާއި އެކު އެއާޕޯޓް ފެރީ ބޭނުންކުރާާ ފަރާތްތަކުގެ އަދަދު ވަނީ މަދުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް