ރައީސް ޑރ.މުޢިއްޒަށާއި، މެންބަރުންނަށް އަބްދުއްރަޙީމް ޝުކުރުއަދާކުރައްވައިފި
ރައީސް ޑރ.މުޢިއްޒަށާއި، މެންބަރުންނަށް އަބްދުއްރަޙީމް ޝުކުރުއަދާކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އެމަނިކުފާނުގެ ނަން ހުށަހަޅުއްވައި ދެއްވި ކަމަށްޓަކައި ،ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
އަދި މަޖިލީހުގެ ރައީސްގެ މަޤާމަށް އަބްދުއްރަޙީމް ހޮވުމަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށްވެސް އަބްދުއްރަޙީމް ވަނީ ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ހޮއްވަވައި ދެއްވިކަމަށްޓަކައި ފޮނަދޫ ދާއިރާގެ ރައްޔިތުންނަށްވެސް މިރޭ ކުރެއްވި ޕޯސްޓުގައި، އަބދުއްރަޙީމް ވަނީ ޝުކުރު ދަންނަވާފައެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޤައުމާއި ރައްޔިތުންގެ ޙައްގުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމުގައި ވަރުބަލިވުމެއްނެތި ދެމި ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް