މިނިވަން ދުވަހާ ގުޅިގެން އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް މިއަދަށް ބަންދު
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ބައެއް ޚިދުމަތްތައް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ބައެއް ޚިދުމަތްތައް ވަގުތީ ގޮތުން ބަންދުކޮށްފައި މިވަނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން މިއަދު އެ ހޮސްޕިޓަލުގެ އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ.
ޖުލައި 27 އަދި 28 ވަނަ ދުވަހު ސަރުކާރު ބަންދު ވީނަމަވެސް، އެ ދެ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗްގެ އިތުރުން ވިލިމާލެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ލިބެމުންދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް