ސުޕްރީމް ކޯޓަށް ފަނޑިޔާރެއް އައްޔަންކުރުން މާދަމާގެ ޖަލްސާގައި!
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިއީ މިކަންކުރުމަށް އެޖެންޑާ ކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން މި މައްސަލައިގައި ބަހުސްކުރުމަށް އެޖެންޑާކޮށް އެ މައްސަލައަށް ބަހުސްކޮށްފައެެއް ނުވެއެވެ. ސަބަބަކީ މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ޖޭއެސްސީން ލަފާދިން ދެ ނަމާއި މެދު ކޮމެޓީން ދެކޭގޮތް ހިމަނާފައިނުވުމެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ނިންމެވުން ބަދަލުކުރައްވައި، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމަށް ނިންމަވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ހުސްވެފައިވާ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ނުވަތަ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ޖުޑީޝަރީ ކޮމެޓީން ވަނީ ލަފާދީފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަބްދުﷲ ދީދީ ވަކިކުރުމަށް މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް