ސަރުކާރު ކޯލިޝަންގެ އެއްބަސްވުން ޖޭޕީން އާންމުކޮށްފި
ސަރުކާރު އިންތިޚާބުކުރުމަށް ކޯލިޝަން ޕާޓީތަކުން ވީ އެއްބަސްވުން ޖުމްހޫރީ ޕާޓީގެ ފަރާތުން އާންމުކޮށްފިއެވެ.
މި އެއްބަސްވުންތައް އާންމުކޮށްފައިވަނީ ޕްރޮގްރެސިވް ކޯލިޝަނާއި އެކު މަޖިލިސް އިންތިޚާބަށް ނިކުންނަކަން ހާމަކުރުމަށް ކުނޫޒުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެގޮތުން ޖޭޕީން ވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި، 2019 ވަނަ އަހަރުގެ މަޖިލިސް އިންތީޚާބު އަދި 2020 ގެ ރަށު ކައުންސިލްގެ އިންތިޚާބަށް ސަރުކާރު ކޯލިޝަނުގެ ޕާޓީތަކުގެ މެދުގައި ވެފައިވާ އެއްބަސްވުން ހާމަކޮށްފައެވެ.
މި އެއްބަސްވުމުގެ ތަފްސީލްތަކަށް ބަލާލާާއިރު ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހީމް މުޙައްމަދު ޞޯލިޙް އަދި ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީން ކަނޑައަޅާ ބޭފުޅަކު، މަޖިލީހުގެ ރައީސްކަން ޖުމްހޫރީ ޕާޓީއަށް އަދި މަޖިލީހުގެ ނައިބު ރައީސްކަން ރައީސް މައުމޫންގެ ފަރާތުން ބޭފުޅަކަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ.
ހަމައެހެންމެ ސަރުކާރުގެ މަގާމުތަކާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، 2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް 40 އިންސައްތަ، ޖުމްހޫރީ ޕާޓީއަށް 25 އިންސައްތަ އަދި އަދާލަތު ޕާޓީއަށް 15 އިންސައްތައިގެ އިތުރުން ރައީސް މަޢުމޫނުގެ ބޭފުޅުންނަށް 20 އިންސައްތަ ހަަަމަޖެއްސުމަށް ވަނީ އެއްބަސްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް